ސްޓާޕްލަސްއިން މިހާރު ކުރިއަށް ގެންދާ ޑާންސް ޝޯ، ޑާންސްޕްލަސް 5 ގެ ބައިވެރިން ދީޕިކާ ޕަދުކޯން އަށް ޓްރިބިއުޓެއް ދީފިއެވެ.

ބޮލީވުޑްގެ އެންމެ ކާމިޔާބު ބަތަލާ ދީޕިކާ ޑާންސްޕްލަސް ޝޯއަށް ދިޔައީ އަންނަ މަހު ރިލީޒްކުރާ ޗަޕާކް ޕްރޮމޯޓްކުރުމަށެވެ. އުމުރުން 33 އަހަރުގެ ބަތަލާ އަށް ބައިވެރިން ޓްރިބިއުޓެއް ދިން އިރު އެ ޓްރިބިއުޓްގައި ހިމެނީ ދީޕިކާގެ ފިލްމީކެރިއަރުގެ ލަވަތަކެވެ. ކެރިއަރު ފެށިގެން މިއަދާ ހަމައަށް ގެނެސްދިން އިރު ޓްރިބިއުޓާ ބެހޭ ގޮތުން ދީޕިކާ ބުނީ ކަމެއް ރަނގަޅަށް ކުރެވޭކަން މިއަދު އިހްސާސްވެއްޖެ ކަމަށެވެ.

ދީޕިކާ ބުނީ މި ޓްރިބިއުޓް އޭނާގެ ދަރިންނަށްވެސް ދައްކާނެ ކަމަށެވެ.

ޗަޕާކް އަކީ އެސިޑު ހަމަލާއެއްގެ ޝިކާރައަކަށްވީ ލަކްޝްމީ އަގަރްވާލުގެ ހަޔާތުގެ މައްޗަށް ނެރޭ ފިލްމެކެވެ.