29 Nov 2011, 11:18
އިބްރާހިމް ނާސިރު އެއާޕޯޓުން: މުހައްމަދު ޝާން
ނުވަ ވަނަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ މެޗުތަކުގެ ރޮނގު ބެލެހެއްޓުމުގެ ފުރުސަތު ލިބުނު ރާއްޖޭގެ ފީފާ އެސިސްޓެންޓް ރެފްރީ މުހައްމަދު ފަރީދު މިއަދު އިންޑިއާ އަށް ދިއުމަށްޓަކައި ފުރައިފި އެވެ.
ފަރީދު އިންޑިއާ އަށް ދިއުމަށް ފުރާފައިވަނީ ލަންކާ މަގުންނެވެ. މިއަދު ހެނދުނު 9:15 ގައި އިބްރާހިމް ނާސިރު އެއާޕޯޓުން ފަރީދު ފުރީ ސްރީލަންކަން އެއާލައިންސް އިން ނެވެ. ފަރީދަކީ މިމުބާރާތުން ފުރުސަތު ލިބުނު ހަމައެކަނި ދިވެސް ރެފްރީ އެވެ.
ފަރީދުގެ އިތުރުން ހަތް އެސިސްޓެންޓް ރެފްރީން އޭއެފްސީ އިން މުބާރާތަށް ކަނޑައަޅާފައި ވެއެވެ. އެއީ އިންޑިއާގެ ނައިރް ޑިނޭޝް އާއި ފެނާންޑެސް ފްރެންސިސްކޯ ފްރެންކީ އާއި ކިރްގިސްތާނުގެ ގްރިޝެންކޯ ސެރްގެއީ ޗައިނާގެ ޒޮންގް ޔޮންގް އާއި އާއި ސީރިއާގެ ސުބޭހް އަނަސް އަދި ސްރީ ލަންކާގެ ޑިއާސް ބުދިކާ އާއި ސިންގަޕޫރުގެ ލިމް ކޮކް ހެންގް އެވެ.