28 Dec 2019, 10:15
މަގްބޫލު ޓީވީ އެކްޓަރު ކުޝާލް ޕަންޖާބީ މަރުވެއްޖެއެވެ.
އިންޑިއާ ހަބަރުތައް ބުނާގޮތުން ކުޝާލް މަރުވީ އަމިއްލައަށެވެ. އުމުރުން 37 އަހަރުގެ އެކްޓަރުގެ މަރު މިހާރު ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ. ކުޝާލް މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ އެޕާޓްމަންޓުންނެވެ.
ކުޝާލް މަރުވިއިރު އޭނާގެ ތިން އަހަރުގެ ދަރިފުޅަށް ނޯޓެއް ލިޔެފައިވާކަމަށް ފުލުހުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ. އޭނާ މަރުވީ އޭނާގެ އަންހެނުންނާ ދުރުވެ އެކަން ތަހައްމަލު ކުރަން ދަތިވުމުން ކަމަށް އޭނާގެ އާއިލާއިން ބުނެއެވެ.
ޓީވީ ޝޯތަކުގެ އިތުރުން އޭނާ ވަނީ ގިނަ ފިލްމުތަކަކުން ވެސް ފެނިގެން ގޮސްފައެވެ.