ބޮޑުތަކުރުފާނު މަގު ކާނިވާ ސަރަހައްދު ކައިރީގައި މިރޭ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ މިރޭ 23:26ގައި މީހަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.

އެ ހާދިސާގައި އަނިޔާވީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

އެ މީހާއަށް ތޫނު އެއްޗަކުން ހަމަލާ ދިނީ އޭނާގެ ވޮލެޓު ފޭރެން އުޅުމުގެ ތެރޭގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އޭނާގެ ކުޑަ ހުޅުގެ މަތިން ދެތިން އިންޗު ފުންކޮށް ވަނީ ކަފައިގެން ގޮސްފައެވެ. އެ މީހާއަށް ފަރުވާ ދިނުމަށް މިހާރު ވަނީ އައިޖީއެމްއަށް ގެންގޮސްފައެވެ.

ފުލުހުން މިހާރު ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.