27 Dec 2019, 18:29
ހުޅުމާލޭގައި ހުންނަ ޔޫރޯ ސްޓޯރުގެ ގުދަނެއް ފަޅާލައި ގިނަ އަދަދެއްގެ ރެޑްބުލް ކޭހާއި ސިނގިރޭޓު ކޭސްތަކެއް ވަގަށް ނަގައިފި އެވެ.
ފުލުހުން ބުނީ ޔޫރޯ ސްޓޯރުގެ ގުދަނެއް ފަޅާލައި ވައްކަން ކުރި ކަމުގެ މައުލޫމާތު މިއަދު މެންދުރު ލިބިފައިވާ ކަމަށެވެ.
އެ ގުދަނުން ވަގަށް ނަގާފައި ވަނީ ގިނަ އަދެއްގެ ރެޑްބުލް އަަދި ސިނގިރޭޓު ކޭސްތަކެއް ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުުހުން ބުނި ގޮތުގައި ވަގަށް ނެގި ރެޑްބުލް ކޭސްތަކުގެ ތެރެއިން ހަތަރު ކޭސް މިހާރު ވަނީ ހޯދައިފައެެވެ.
އެ މައްސަލަ ފުލުހުން މިހާރު ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.