27 Dec 2019, 12:04
ބޮލީވުޑްގެ ކާމިޔާބު ތަރިން ކަމަށްވާ ކާޖޮލް، އަޖޭ ދޭވްގަން އަދި ސައިފް އަލީ ހާން ލީޑު ރޯލުން ފެނިގެންދާ ފިލްމު "ތަނަޖީ: ދި އަންސަންގް ވޮރިއާ"ގެ އާ ލަވައެއް ދައްކާލައިފި އެވެ.
މި ފިލްމުގެ ދެލަވައެއް މީގެ ކުރިން އާންމުންނަށް ދޫކޮށްލާފައިވާއިރު މި ފަހަރު ރިލީޒްކުރީ "ގަމަންދު ކަރް" އެވެ. މި ލަވައިގެ ޅެން އަނިލް ވަރުމާ ތައްޔާރުކުރި އިރު މި ލަވަ ކިޔާފައިވަނީ ސަޖެތު ޓަންޑަނާއި ޕަރަމްޕަރާ ތާކޫރް އެވެ.
އޯމް ރައުތު ޑައިރެކްޓްކޮށްފައިވާ އެ ފިލްމު ސިނަމާތަކުގައި ރިލީޒްކުރާނީ އަންނަ އަހަރު ޖަނަވަރީ 10ގަ އެވެ.
ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާ އެ ފިލްމުގެ ޓްރެއިލާއަށް ބެލުންތެރިންގެ ތަރުހީބު ވަރަށް ބޮޑެވެ.