27 Dec 2019, 12:11
ބޮލީވުޑްގެ ފުންނާބު އުސް ތަރި އަނިލް ކަޕޫރުގެ 63 ވަނަ އުފަން ދުވަހާ ދިމާކޮށް ފިލްމު މަލަންގްގައި އޭނާ ފެނިގެންދާ ގޮތް ދައްކާލައިފި އެވެ.
ފަސްޓްލުކް ދައްކާލި އިރު އެ ޕޯސްޓަރުގައި އަނިލް ހުރީ ފުލުހެއްގެ ޔުނިފޯމް އަޅައިގެންނެވެ. އަންނަ އަހަރު ރިލީޒްލުރާ މޯހިތު ސޫރީގެ ރޮމޭންޓިކް ތުރިލާ މަލަންގްގެ ޝޫޓިން ކާމިޔާބުކަމާއެކީ ވަނީ ނިންމާލާފަ އެވެ.
ފިލްމުގެ ލީޑުން ފެނިގެންދާނީ އަދިތްޔާ ރޯއީ ކަޕޫރާ ދިޝާ ޕަޓާނީ އެވެ.
މި ފިލްމުވެގެންދާނީ އަދިތްޔާ އާއި ދިޝާ ޕަޓާނީ ލީޑް ރޯލުން ފެނިގެންދާ ފުރަތަމަ ފިލްމަށެވެ. ފިލްމުގައި އެދެތަރިންގެ އިތުރުން ބޮލީވުޑްގެ ތަރި ކުނާލް ކޭމޫ ވެސް ފެނިގެންދާނެ އެވެ.