މި މަހު 20 ވަނަ ދުވަހު ރިލީޒްކުރި ސަލްމާން ހާންގެ ފިލްމު ދަބަންގް 3، 100 ކުރޯޑުގެ އާމްދަނީއެއް ހޯދައިދިއެވެ.

ފިލްމު ރިލީޒްކުރިތާ ހަވަނަ އަށް ވީ ދުވަހު އެ ފިލްމަށް ވަނީ 119.55 ކުރޯޑުގެ އާމްދަނީ އެއް ލިބިފައެވެ.
ކްރިޓީކުންވެސް އަންނަނީ މި ފިލްމު ކަމުދާ ކަމަށް ބުނަމުންނެވެ.

"ދަބަންގް"ގައި ސަލްމާން ފެނިގެންދާ "ޗުލްބުލް ޕާންޑޭ"ގެ ރޯލަކީ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ކެރެކްޓާއެކެވެ. ފިލްމުގައި ސަލްމާން އާއެކު ފެނިގެން ދާނީ ސޮނާކްޝީ ސިންހާ އެވެ.

ޕްރަބޫދޭވާ ޑައިރެކްޓު ކުރާ "ދަބަންގް 3"ގައި ފެނިގެންދާނީ ސަލްމާން "ޗުލްބުލް ޕާންޑޭ" އަށް ވީ ކިހިނެތް ކަމެވެ. ފިލްމުގައި ޗުލްބުލް ޕާންޑޭގެ މާޒީ ފެނިގެން ދާނެ އެވެ. "ދަބަންގް"ގެ ފުރަތަމަ ފިލްމު ރިލީޒް ކޮށްފައި ވަނީ 2010 ވަނަ އަހަރު އެވެ.