26 Dec 2019, 20:35
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބަހައްޓާ ފިޔަވަތީގެ ފުރާޅުމައްޗަށް އަރައި އުޅުނު ތިން ކުއްޖަކު އެތަނުން ބާލައިފި އެވެ.
ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ބަހައްޓާފައި ތިބި ކުދިންތަކެއް މިރޭ އެ ތަނުން ބޭރަށް ނުކުމެފައިވާ ކަމަށް މިއަދު ސޯޝަލް މީޑިއާގައި ވަނީ އަޑު ފެތުރިފައެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ މިރޭ ފިޔަވަތިން އެއްވެސް ކުއްޖަކު ފިލާފައި ނުވާ ކަމަށެވެ.
އެކަމަކު، ތިން ކުއްޖަކު މިރޭ ފިޔަވަތީގެ ފުރާޅު މައްޗަށް އަރައި އުޅުނު ކަމަށް ފުލުހުން ބުންޏެވެ. އެ ތިން ކުދިން ފުލުހުންނާއި ފިޔަވަތީގެ މުވައްޒަފުން ގުޅިގެން އެތަނުން ބާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން، އެ ކުދިން ބައިތިއްބާ މަރުކަޒުތަކުގެ ފުރާޅުމައްޗަށް އަރައި އުޅޭ މައްސަލަތައް މީގެ ކުރިންވެސް ފެންމަތިވެފައިވެއެވެ.