26 Dec 2019, 15:36
ރެޑްވޭވުން ހައިސެންސް ޓީވީ ޕްރީއޯޑަރަށް ހުޅުވާލައިފި އެވެ.
ރެޑްވޭވްއަކީ ހައިސެންސް ޓީވީގެ ރާއްޖޭގެ ޑިސްޓްރިބިއުޓާވެސްމެ އެވެ.
ބޮޑެތި އެޕްލަޔަންސް އާއި އިލެކްޓްރޯނިކްސް އުފެއްދުމުގައި 50 އަހަރު ދުވަހުގެ ތަޖުރިބާލިބިފައިވާ ހައިސެންސް އަކީ ދުނިޔޭގެ ނަންހިނގާ ބްރޭންޑެކެވެ. ހައިސެންސްއަކީ 2018 ވަނަ އަހަރުގެ ފީފާ ވޯރލްޑްކަޕްގެ އޮފިޝަލް ސްޕޮންސަރު ވެސްމެެ އެވެ.
އޭގެ އިތުރުން 2016 ވަނައަހަރު އަދި ކުރިއަށް އޮތް 2020 ވަނަ އަހަރުގެ ޔުއެފާ ޔޫރޯގެ އޮފިޝަލް ޕާރޓްނަރަކީ ވެސް ހައިސެންސް އެވެ.
ރެޑްވޭވުން ބުނީ ހައިސެންސް ބްރޭންޑްގެ ޓީވީ ރާއްޖެއަށް އެތެރެކުރަނީ ސީދާ ހައިސެންސް ކުންފުނި މެދުވެރިކޮށް ކަމަށެވެެ. އަދި އެ ބްރޭންޑްގެ ޓީވީ ވިއްކާނީ ވަރަށް ހާއްސަ ހެޔޮ އަގުތަކެއްގައި ކަމަށާއި އަދި ޕްރިއޯޑަރ އަގުތަށް އާންމު އަގުތަކަށްވުރެ ހެޔޮވާނެ ކަމަށް ރެޑްވޭވުން ބުންޏެވެ.
ޕްރިއޯޑާ ކުރުމަށްބޭނުންވާ ކަސްޓަމަރުންނަށް އެ ފުރުސަތު ވަނީ ހުޅުވާލެވިފައިވާ އިރު އަގުގެ 75 ޕަސެންޓް ފައިސާ ދައްކަން ޖެހޭނެ ކަަމަށް ރެޑްވޭވުން ބުންޏެވެ.
އެގޮތުން ޕްރިއޯޑާ ކުރައްވާ ޓީވީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ދެވަނަ ހަފްތާގައި ލިބޭނެ ކަމަށް ރެޑްވޭވުން ބުންޏެވެ.
ރެޑްވޭވުން ރާއްޖޭގެ ބާޒާރަށް ތަޢާރަފްކުރުމަށް ހަމަޖެހިފައިވާ ހައިސެންސް ޓީވީގެ ތެރޭގައި ލެޑް ހެޖްޑީ، ފުލްއެޖްޑީ އަދި ޔޫލެޑް ޔޫއެޖްޑީގެ އިތުރުން ލޭޒާ ޓީވީ ހިމެނެ އެވެ. އެގޮތުން 32 އިންޗި އާއި 100 އިންޗީގެ ދެމެދުގެ ސައިޒުގެ ހައިސެންސް ޓީވީ ރެޑްވޭވުން ރާއްޖޭގެ ބާޒާރަށް ތަޢާރަފްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ހައިސެންސް ޓީވީ ރެޑްވޭވުން ލިބިވަޑައިގަންނަ ވާނީ އެއް އަހަރު ދުވަހުގެ ވޮރަންޓީއާ އެކު އެވެ. އަދި ހައިސެންސް ޓީވީގެ ފުލް ސާވިސް ރެޑްވޯވުން ފޯރުކޮށްދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި މީގެ އިތުރުން ރެޑްވޭވްގެ ހައިސެންސް ޝޯރޫމެއް ވަރަށް އަވަހަށް ހުޅުވިގެންދާނޭ ކަމުގައި ރެޑްވޭވުން މައުލޫމާތުދެ އެވެ.