26 Dec 2019, 13:02
ކުޅަދާނަ ޑައިރެކްޓަރު އަޝްވިނީ އައްޔަރު ތިވާރީ ޑައިރެކްޓްކުރާ ފިލްމު "ޕަންގާ"ގެ ޓްރެއިލާ އާންމުކޮށްފި އެވެ.
ކަންގަނާ ރަނައުތު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގެ ޓްރެއިލާ އިން ފެނިގެންދަނީ މަންމަ އަކު އޭނާގެ ހުވަފެނެއް ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ތަނެވެ.
ފިލްމުގެ ޓްރެއިލާ އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު އެ ޓްރެއިލާ ވަނީ ގިނަ ބަޔަކަށް ކަމުވެސް ގޮއްސަ އެވެ. ފިލްމު ރިލީޒްކުރާނީ އަންނަ މަހުގެ 24 ވަނަ ދުވަހުގަ އެވެ.
ޕަންގާ" އަކީ އިންޓަނޭޝަނަލް ކަބައްޑީ ކުޅުންތެރިއެއްގެ ދިރިއުޅުން ދައްކުވައިދޭނެ ފިލްމެކެވެ. އަދި އާއިލީ ގުޅުމުގެ ތެރެއިން ލިބޭ ކޮންމެ އުފަލަކާއި ހިތާމައެއް އަދި ކުރިމަތިވާ ކޮންމެ ކަމެއް އެކީގައި ހިއްސާ ކުރާ ބައެއްގެ ވާހަކަ "ޕަންގާ" އިން ކިޔައިދޭނެ އެވެ.
ކަންގަނާގެ އިތުރުން އެ ފިލްމު ދެން ފެންނާނީ ރިޗާ ޗައްޑާ، ޕަންކަޖް ތުރިޕަތީ، ނީނާ ގުޕްތާ އަދި ޖައްސީ ގިލް ފަދަ ތަރިންނެވެ.