26 Dec 2019, 10:22
ކުރީގެ ބަތަލާ ޕޫޖާ ބޭދީގެ އަންހެން ދަރިފުޅު އަލައިއާ ފަރުނީޗަރުވާލާ ބޮލީވުޑަށް ތައާރަފުވާ ފިލްމު "ޖަވާނީ ޖާނެމަން" ރިލީޒްކުރާ ދުވަސް އަވަސްކޮށްފި އެވެ.
ކުރިން މި ފިލްމު އަންނަ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހަށް ފަސްކުރި ނަމަވެސް އެ ފިލްމު އަޅުވާ ތާރީހް ވަނީ އަވަސްކޮށްފަ އެވެ. މިހާރު ފިލްމު އަޅުވާނީ އަންނަ މަހުގެ 31 ވަނަ ދުވަހު އެވެ. މިހާރު އެ ތާރީހާ އެކު ވަނީ ފިލްމުގެ ޕޯސްޓަރުތަކެއް ވެސް ދައްކާލައިފަ އެވެ.
ސައިފް އަލީ ޚާންގެ ފިލްމު ކުންފުނި ބްލެކް ނައިޓް ފިލްމްސް އިން ޕްރޮޑިއުސްކުރާ އެ ފިލްމަކީ ރޮމޭންޓިކް ކޮމެޑީއެކެވެ. ފިލްމުގެ ޝޫޓިން ވަނީ އިނގިރޭސިވިލާތުގައި ނިންމާލައިފަ އެވެ. އެ ފިލްމުން ސައިފް ފެނިގެންދާއިރު ޕޫޖާގެ ދަރިފުޅު ފިލްމުން ފެނިގެންދާނީ ސައިފްގެ ދަރީގެ ރޯލުންނެވެ.
އެ ފިލްމަކީ އަންހެން ކުއްޖަކާއި ދުވަސްވީ ކަމަށް ގަބޫލުނުކުރާ ހިތް ޒުވާން ބައްޕައެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.