26 Dec 2019, 09:59
ފިލްމު ކުންފުނި އެސް ޕްރޮޑަކްޝަންސް‘ ލޯންޗުކުރި ލޯބިވެވިއްޖެ ފިލްމުގެ ޝޫޓިން ފަށައިފިއެވެ.
ފިލްމުގެ ޝޫޓިން ގދ ތިނަދޫގައި ފެށިގެން މިހާރު ދަނީ ކުރިއަށެވެ. ސީޒަން ސަން އަށް ބުނީ ތިނަދޫގައި ފިލްމުގެ ޝޫޓިން ކުރިއަށްދާނީ 15 ދުވަހަށް ކަމަށެވެ.
ކުޅަދާނަ ބަތަލު އަލީ ސީޒަންގެ "ލޯބިވެވިއްޖެ" ލޯންޗުކޮށްފައިވާއިރު އެ ފިލްމަކީ އަންނަ އަހަރު ސިނަމާތަކުގައި އެޅުވުމަށް ކަނޑައަޅަފައިވާ ދިވެހި ފިލްމެކެވެ.
ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ބާރަށް ފިޔަޖަހަމުން އަންނަ ބަތަލާ މަރިޔަމް އައްޒަ، އަލީ އާޒިމް (ދޮން އައްޔަ)، އިރުފާނާ އިބްރާހިމް (އިރޫ) އަދި އަހްމަދު އީސާ (އާނަންދު) އެވެ. އަދި ޢަލީ ޝަމީލް ވެސް ފިލްމުން ފެނިގެންދާނެ އެވެ.
މި ފިލްމުގެ ބޮޑު ބައެއް ލަންކާގައި ޝޫޓްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.