ބޮލީވުޑްގެ ކާމިޔާބު ތަރި ދީޕިކާ ޕަދުކޯން އާ އެކު މަސައްކަތް ކޮށްލަން ލިބުމަކީ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށް ސްޓޫޑަންޓް އޮފް ދަ އިޔާ 2 އިން ބޮލީވުޑަށް ނުކުތް ބަތަލާ އަނަންޔާ ޕާންޑޭ ބުނެފި އެވެ.

އުމުރުން 21 އަހަރުގެ ބަތަލާ ބުނީ ދީޕިކާ އާ އެކު ފިލްމެއް ކުޅެލަން ލިބުމަކީ ވިޝް ލިޓްގައި އިންނަ ކަމެއް ކަމަށެވެ. ދެހާސް އެކާވީސް ވަނަ އަހަރުގެ ފެބްރުއަރީ 12 ވަނަ ދުވަހު ރިލީޒްކުރާ އެ ފިލްމަށް އަދި ނަމެއް ދީފައެއް ނުވެ އެވެ. އެ ފިލްމަކީ ސިދާންތު ޗަތުރަވެދީ ބަތަލުގެ ރޯލު ކުޅޭ ފިލްމެކެވެ.

ކަރަން ޖޯހަރުގެ ފަރާތުން އަނަންޔާ އަށް ދީޕިކާ އާއެކު ފިލްމު ކުޅެލަން ފުރުސަތު ލިބުނުއިރު އަނަންޔާ ބުނީ އޭނާ އާ އެކު މަސައްކަތްކުރަން ކުރަން ލިބުމުން ބަޔާންކުރަން ނޭނގޭ ވަރަށް އުފާވާ ކަމަށެވެ.

އަނަންޔާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ޕަތީ ޕަތުނީ އޯރް ވޯ އިންނެވެ.