މެލޭޝިއާގައި ދިވެއްސަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި މެލޭޝިއާއިން މަރުވެފައިވަނީ ސިނާން ނަމަކަށް ކިޔާ ދިވެހި ފިރިހެނެކެވެ. ނަމަވެސް އޭނާ މަރުވިގޮތާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އަދި ލިބިފައި ނުވެ އެވެ.

ފޮރިން މިނިސްޓްރީން ވެސް މިކަން ކަށަވަރުކޮށްދީފައިވާއިރު، މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީއާއި ގުޅިގެން އެކަން ހިނގި ބަލަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މެލޭޝިއާއަކީ ގިނަ އަދަދެއްގެ ދިވެހިން މަތީ ތައުލީމު ހާސިލު ކުރުމަށް ދާ ޤައުމެކެވެ. އަދި މިއީ ބޮޑު ޗުއްޓީ ދުވަސްވަރަށް ވުމާއެކު ޗުއްޓީ ހޭދަކޮށްލުމަށް ވެސް އެންމެ ގިނައިން ދިވެހިން ދާ އެއް ޤައުމަކީ ވެސް މެލޭޝިއާ އެވެ.