24 Dec 2019, 14:11
ރ. މަޑުއްވަރީ ކައުންސިލުން އެރަށު ރައްޔިތުންނަށް ކަލަންޑަރު ބަހަން ނިންމައިފި އެވެ.
މަޑުއްވަރީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ރަށުގެ ގޭބީސީތަކަށް ބެހުމަށް، 2020 ވަނަ އަހަރުގެ ގެ ކަލަންޑަރު އެ ކައުންސިލަށް ލިބިފައިވާ ކަމަށެވެ.
ކަލަންޑަރު ބަހަން ހަމަޖެހިފައިވަނީ ކައުންސިލްގައި ރެޖިސްޓްރީކޮށްފައިވާ މަޑުއްވަރީގެ މީހުން ދިރިއުޅޭ ގޭބީސީތަކަށް ކަމަށްވެސް ކައުންސިލްގެ ބަޔާނުގައި ވެއެވެ.
ކޮންމެ ގޭބީސީއަކަށްވެސް ދޫކުރާނީ އެއް ކަލަންޑަރު ކަމަށާއި ކަލަންޑަރު ދޫކުރާނީ މަޑުއްވަރީ ކައުންސިލުގެ ކައުންޓަރުން ރަސްމީގަޑީގައި ކަމަށްވެސް އިއުލާނުގައި ބުންޏެވެ.
ކައުންސިލްގެ މެންބަރު އަބްދުﷲ މުހައްމަދު ވިދާޅުވީ މަޑުއްވަރީ ރައްޔިތުންނަށް ބަހާ ކަލަންޑަރަކީ އެއަތޮޅު ކަނދޮޅުދޫ އަށް ނިސްބަތްވާ ވަހީދު ކިޔާ މީހަކު ކޮންމެ އަހަރަކުވެސް މަޑުއްވަރީ ރައްޔިތުންނަށް ބެހުމަށް އެރަށަށް ފޮނުވާ ކަލަންޑަރު ތަކެއް ކަމަށެވެ.
މީގެ ކުރިންވެސް ކައުންސިލުން ވަނީ އެރަށު ގޭބީސީތަކަށް ކަލަންޑަރު ބަހައިފަ އެވެ.