24 Dec 2019, 10:40
އައިޖީއެމްއެޗްގެ ހަމުގެ ޑޮކްޓަރު ޑރ. މުހައްމަދު އާދިލް ރަޝީދު އަވަހާރަވެއްޖެ އެވެ.
އައިޖީއެމްއެޗްގެ ކޮންސަލްޓަންޓް ޑާމަޓޮލޮޖިސްޓް އާދިލް އަވަހާރަވީ އިއްޔެ ސްރީލަންކާގެ ކޮލަމްބޯގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.
އޭނާ އަވަހާރަވުމާ ގުޅިގެން އައިޖީއެމްއެޗްއިން އިއްޔެ ނެރުނު ބަޔާނުގައި ވަނީ އޭނާއަށް ތައުޒިޔާ ކިޔައިފަ އެވެ.
އޭނާ ވަނީ ރާއްޖޭގެ ސިއްހީ ދާއިރާއަށް 22 އަހަރު ހިދުމަތްކުރައްވައިފަ އެވެ.
އައިޖީއެމްއެޗްއިން ބުނީ އާދިލް ދުނިޔެ ދޫކުރެއްވުމަކީ ސިއްހީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ހީނަރުކަމެއް ކަމަށެވެ.
"އަދި މި ފުން ހިތާމައިގެ މި ވަގުތުގައި، މި ހޮސްޕިޓަލްގެ ހުރިހާ މުވައްޒަފުންގެ ފަރާތުން އަލް މަރުހޫމް ޑރ. އާދިލްގެ އާއިލާއަށް ތައުޒިޔާއަށް ދަންނަވައި އެ މަރުހޫމްގެ ފުރާނަފުޅަށް ދާއިމީ ސުވަރުގޭގެ ނިއުމަތް ދެއްވުމަށް އެދި މާތް ﷲގެ ހަޒްރަތަށް ދުއާކުރަމެވެ." އައިޖީއެމްއެޗްގެ ބަޔާނުގައިވެ އެވެ.