24 Dec 2019, 08:30
ހޮލީވުޑްގެ މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ އާރިއާނާ ގްރާންޑީއަށް މިއަހަރަކީ ވަރަށް ބިޒީ އަހަރެކެވެ. ކާމިޔާބު ބޮޑު އަލްބަމަކަށްފަހު އަހަރު ނިމެން ކައިރިވެފައިވަނިކޮށް އޭނާ އަނެއްކާވެސް އާ އަލްބަމެއް ނެރެފި އެވެ.
އާރިއާ ދާދި ފަހުން އޭނާގެ ފޭނުންނަށް ވަނީ "ކޭ ބާއި ފޮ ނައު"ގެ ނަމުގައި ވަނީ ލައިވް އަލްބަމެއް ނެރެފަ އެވެ. ޖުމްލަ 32 ލަވަ ހިމެނޭ އެ އަލްބަމްގައި އޭނާ ލައިވްކޮށް ކިޔާފައިވާ ލަވަތައް ހިމެނެއެވެ.
އާރިއާނާގެ ލައިވް އަލްބަމެއް ނެރޭނެ ކަމުގެ ވާހަކަ ދައްކަމުންދާތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ. ނަމަވެސް އޭނާ އަލްބަމް ނެރެފައިވަނީ އާ އަހަރުގެ ހަދިޔާއެއްގެ ގޮތުގައެވެ.
ކޭ ބާއި ފޮ ނައުގައި އާރިއާނާ މިހާތަނަށް ނެރެފައިވާ ގިނަ އަލްބަމްތަކުގެ ލަވަތައް ހިމެނެއެވެ. އޭގެ ތެރޭގައި "ޔޯސް ޓްރޫލީ" އާއި "މައި އެވްރިތިން"ގެ އިތުރުން "ސްވީޓްނާ"ގެ ލަަވަތައް ހިމެނެއެވެ.
އާރިއާނާ މިއަހަރު އެކަނިވެސް ވަނީ ދެ ސްޓޫޑިއޯ އަލްބަމް ނެރެފައެވެ. މި އަހަރުގެ ފެބްރުއަރީގައި "ތެންކިއު، ނެކްސްޓް" ނެރުމަށްފަހު އޯގަސްޓު މަހުގައި އޭނާ ވަނީ "ސްވީޓްނާ" ނެރެފައެވެ.