އައިޖީއެމްއެޗުން ފެނުގައި ދޭ އާ ވައްތަރެއްގެ ފިިޒިއޮތެރަޕީގެ ހިދުމަތެއް އެ ހޮސްޕިޓަލްގައި ފަށައިފި އެވެ.

އައިޖީއެމްއެޗުން މިއަދު ދޭން ފަށާފައި ވަނީ އެކުއެޓިކް ފިޒިއޮތޮރަޕީގެ ހިދުމަތެވެ.

އެ ހިދުމަތަކީ 34 ޑިގްރީގެ ހޫނުމިން ހުންނަ ފެންގަނޑެއްގައި ކުރާ ކަސްރަތެކެވެ.

އައިޖީއެމްއެޗުއިން ބުނީ މިއީ ވާންވެފައިވާ ހުޅުތަކުގައި ހުންނަ ރިހުންތަކާއި މަސް ފަށަލަތަކަށް ދޫޖެއްސުމަށް އެހީތެރިވެދޭ ފަރުވާއެއް ކަމަށެވެ.

"މި ހިދުމަތް ލިބިވަޑައިގަންނަވާނީ ޑޮކްޓަރަށް ދެއްކެވުމަށް ފަހު ފިޒިއޮތޮރޮޕިސްޓެއްގެ އިރުޝާދުގެ ދަށުން ހާލަތަށް ބަލައި ފިޒިއޮތޮރޮޕިސްޓެއްގެ އިރުޝާދުގެ ދަށުން ހާލަތަށް ބަލައި ފިޒިއޮތޮރޮޕީގެ ބޭނުން ޖެހޭ ކަމަށް ހަމަޖައްސަވާ ބޭފުޅުންނަށެވެ." އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނުގައިވެ އެވެ.

އެކުއެޓިކް ފިޒިއޮތެރެޕީގެ ހިދުމަތް ދެނީ އައިޖީއެމްއެޗްގައި ހުންނަ ދަރުމަވަންތަ ބިލްޑިންގްގެ ހަތަރު ވަނަ ފަންގިފިލާގަ އެވެ.

އައިޖީއެމްއެޗުން މީގެ ކުރިން ބުނީ އެތަނުގައި މިއަދު ދޭން ފެށި އާ ހިދުމަތް މުޅި ދެކުނު އޭޝިއާގައި ވެސް ދެނީ މަދުގައުމެއްގައި ކަަަމަށެވެ.

ކުރިން އައިޖީއެމްއެޗުގެ އިމާރާތުގައި ހިންގި ފިޒިއޮތޮރަޕީ ޑިޕާޓާމަންޓް ދަރުމަވަންތަ އިމާރާތުގެ ހަތަރު ވަނަ ފަންގިފިލަ އަށް ބަދަލުކުރީ މިދިޔަ އޭޕްރީލް މަހު އެވެ.

ކުރީގެ ސަރުކާރުން ހެދި ދަރުމަވަންތަ އިމާރާތަށް ދައުލަތުގެ ބަޖެޓުން 140 މިލިއަން ޑޮލަރު (2.1 ބިލިޔަން ރުފިޔާ) ވަނީ ހަރަދުކޮށްފަ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލަށް ބޭނުންވާ ހިދުމަތްތައް ފުޅާކޮށް އެ ހޮސްޕިޓަލަށް ބޭންވާ މެޝިނަރީސް ހޯދުމަށް ބަޖެޓްގައި މި އަހަރު 818 މިލިއަން ރުފިޔާ ހިމަނައިފި އެވެ.