23 Dec 2019, 12:29
ހޮލީވުޑްގެ މަޝްހޫރު އެކްޓްރެސް އަދި ލަވަކިޔުންތެރިޔާ ހިލަރީ ޑަފް ދެވަނަ ކައިވެންޏެއް ކޮށްފި އެވެ.
މިދިޔަ ހަފްތާ ބަންދުގައި ހިލަރީ ކައިވެނިކޮށްފައި ވަނީ އޭނާގެ ލޯބިވެރިޔާ މެތިއު ކޯމާ އާއެވެެ. މެތިއު ކޯމާ އަކީ އޯލްޓަނޭޓިވް މިއުޒިކް އުފައްދާ އަދި ލަވަކިޔާ ފަންނާނެކެވެ.
ދެމީހުން ކައިވެނިކޮށްފައި ވަނީ ވަރަށް ޕްރައިވެޓް ހަފްލާއެއްގައި ކަމަށް ބޭރުގެ ނޫސްތަކުން މައުލޫމާތު ދެ އެވެ.
ކައިވެނިކުރުމަށް މެތިއު އަހާފައިވާ އިރު މި އަހަރުގެ މެއި މަހުގައި ދެމީހުން ވަނީ އެންގޭޖު ވެފަ އެވެ.
ހިލަރީ އާއި މެތިއު އެކީގައި ގުޅިގެން އުޅޭތާ މިހާރު އެތައް އަހަރެއް ވެއްޖެއެވެ.
ހިލަރީ ފުރަތަމަ ކައިވެންޏެއް ކޮށްފައި ވަނީ 2010 ވަނަ އަހަރުގަ އެވެ. މަޝްހޫރު ހޮކީ ކުޅުންތެރިޔެއް ކަމަށްވާ މައިކް ކޮމްރީއާ ހިލަރީ ވަރިވެފައި ވަނީ 2016 ވަނަ އަހަރުގަ އެވެ.
އޭނާގެ ދެ ދަރީން ހުރެ އެވެ. އެއީ ހަތް އަހަރުގެ ލޫކާ ވައިލެޓް ބްލެއާ އާއި ދެ އަހަރުގެ ބޭންކްސް ވައިލެޓް ބްލެއާ އެވެ. ބޭންކްސް އަކީ ހިލަރީ އާއި މެތިއުއަށް ލިބިފައިވާ ލިބިފައިވާ ދަރިއެވެ.