ލަންކާގެ ސިނަމަން ހޮޓެލްސް އެންޑް ރިސޯޓްސް އިން މ. ހަކުރާހުރާގައި ހިންގާ ސިނަމަން ހަކުރާ ހުރާ މަރާމާތަށް ފަހު އަލުން ހުޅުވައިފި އެވެ.

މިމަހުގެ 16 ވަނަ ދުވަހު ސިނަމަން ހަކުރާ އަލުން ހުޅުވާފައިވާ އިރު ހަކުރާހުރާ އާއި އެ ރަށާ ކައިރީ އޮންނަ ކުޑަ ރަށް ވަނީ ގުޅުވާލައިފަ އެވެ.

މައި ރަށުގައި 70 ވޯޓާ ބަންގަލޯ އަދި 10 ބީޗް ބަންގަލޯ ހުރެ އެވެ. ކުޑަ ރަށް ހާއްސަކޮށްފައި ވަނީ ހަމައެކަނި ބޮޑެތި މީހުންނަށެވެ. އެ ރަށުގައި 20 ޕްލެޓިނަމް ބީޗް ބަންގަލޯ ތަރައްގީކޮށްފަައިވެ އެވެ.

މަތީފަންތީގެ ހިދުމަތްތަކާ އެކު ހުޅުވި މި ރިސޯޓަކީ ސީޕްލޭނުގައި 20 މިނެޓުން ދެވޭ ރާސްތާގައި އޮންނަ ރިސޯޓެކެވެ.

ސިނަމަން ހޮޓެލްސް އެންޑް ރިސޯޓްސް އިން ވަނީ މި އަހަރުގެ އޮކްޓޯބަރު މަހު ވއާރަށުގައި ސިނަމަން ވެލިފުށި މޯލްޑިވްސްގެ ނަމުގައި ރިސޯޓެއް ހުޅުވައިފަ އެވެ.

ސިނަމަން ހަކުރާ އާއި ވެލިފުށީގެ އިތުރުން އެކުން ފުނިން އެއްލައިދޫ މޯލްޑިވްސް ބައި ސިނަމަންގެ ނަމުގައި ރާއްޖޭގައި ރިސޯޓެއް ހިންގަ އެވެ.