ނަޗް ބަލިޔޭ ފަދަ މަޝްހޫރު ޝޯތަކެއްގެ ޖަޖުކަން ކޮށްފައިވާ އަރްޖުން ކަޕޫރުގެ ލޯބިވެރިޔާ މަލައިކާ އަރޯރާއަށް ޑާންސް ޝޯއެއް ޖަޖުކުރުމުގެ ފުރުސަތު ލިބިއްޖެ އެވެ.

ސޮނީ ޓީވީން އަންނަ އަހަރު ގެނެސްދޭން ތައްޔާރުވެފައިވާ "އިންޑިއާސް ބެސްޓް ޑާންސާ" ޝޯގެ ޖަޖުކަން ކުރުމަށް މަލައިކާ އަށް ފުރުސަތު ލިބުނު އިރު އެ ޝޯއަކީ 15 އަހަރުން މަތީގެ ކުދިންނަށް ހާއްސަކޮށް ގެނެސްދޭ ޝޯއެކެވެ.

"އިންޑިއާސް ބެސްޓް ޑާންސާ"ގެ އޮޑިޝަންތައް އަންނަ ފެބްރުއަރީ މަހު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ހަބަރުތައް ބުނެ އެވެ.

އެ ޝޯގައި މަލައިކާގެ އިތުރުން ޖަޖް ގީތާ ކަޕޫރުގެ އިތުރުން ނެށުންތެރިޔާ ޓެރެންސް ލެވިސް ވެސް ފެނިގެންދާނެ އެވެ. ޝޯ ހޯސްޓްކުރާނީ ބާރްތީ ސިންގް އާއި ހާޝް ލިމްބާޗިއާ އެވެ.