23 Dec 2019, 09:30
މިއަދު ބާއްވާ 66 ވަނަ ނޭޝަނަލް ފިލްމު އެވޯޑް ހަފްލާ އަށް އަމީތާބު ބައްޗަން 77، ނުދާނެ ކަމަށް ހަބަރުތައް ބުނެފި އެވެ.
ބޮލީވުޑްގެ ލެޖެންޑަރީ ތަރި އަމީތާބު އެ ހަފްލާ އަށް ނުދާނެކަން ހާމަކުރީ ޓްވިޓާ މެދުވެރިކޮށެވެ. ‘އަހަރެންނަށް ހަފްލާ އަކަށް ނުދެވޭ. ހުންއައިސްގެން މިއުޅެނީ. ޑަކްޓަރުން މަނާކޮށްފައި އޮތީ ޓްރެވަލްކުރަން،’ އަމީތާބު ބުނެފައިވެ އެވެ.
ފިލްމުތަކާއި ފިލްމީ ފަންނާނުންނަށް އިންޑިއާ ސަރުކާރުން ދޭ އެވޯޑު ހަފްލާ އޮންނާނީ ދިއްލީގަ އެވެ.
ދާދިފަހުން އަމީތާބު ވަނީ އެޑްމިޓްކޮށް ފަރުވާ ހޯދައިފަ އެވެ. ޑަކްޓަރުން އަމީތާބަށް ލަފާދެނީ ފިލްމީ މަސައްކަތްތަކުން ކުޑަ ދުވަސްކޮޅަކަށް ނަމަވެސް ދުރަށް ޖެހިލުމަށެވެ.