22 Dec 2019, 20:45
ހުޅުމާލޭގެ އެޕާޓްމެންޓެއްގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފް އިން ބުނެފައިވަނީ ހުޅުމާލޭގެ ގެއެއްގައި މިއަދު އިރުއޮއްސުމަށްފަހު އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ.
އަލިފާނުގެ ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް އިން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.
މިރޭ 18:30 ހާއިރު އެމްއެންޑީއެފްއަށް އެ އަލިފާނުގެ ހާދިސާގެ މައުލޫމާތު ރިޕޯޓުކުރިއިރު، ގިނަ އިރުތަކެއް ނުވެ އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ.
އެމްއެންޑީއެފް އިން ބުނެފައިވަނީ އެ ސަރަހައްދުގައި ދުންގަނޑު ކޮންޓްރޯލުކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
އެ ހާދިސާ ހިނގާފައިވަނީ ހުޅުމާލޭ ރެއިން ފޮރެސްޓް ނަމަކަށް ކިޔާ ގެއެއްގަައެވެ. އެ ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް އެމްއެންޑީއެފް އިން އަދި ހާމަކޮށްފައެއް ނުވެއެވެ.