އަންނަ ބުރާސްފަތި ދުވަހު ހިފާ އިރުކޭތަ ރާއްޖެއަށް ދެ ގަޑިއެއްހާއިރު ފެންނަން ހުންނާނެކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ، މެޓްއޮފީހުން ބުނެފިއެވެ.

މެޓް އޮފީހުގެ އޮފިޝަލަކު "ސަން"އަށް މިއަދު ވިދާޅުވީ އިރުކޭތަ ފެންނާނީ އަންނަ ބުރާސްފަތި ދުވަހު ހެނދުނު 07:40 އެހައިކަންހާއިރު ކަމަށެވެ.

"އެއްކޮށެއް ނުފެންނާނެ. ބައި ކޭތަ ފެންނާނީ. އަލިފަނޑުކޮށް. މިއީ ސޯލާ އިކްލިޕްސް އެނިޔުލާ ކިޔާ އިރު ކޭތައެއް. އޭގަ ވަށައިގެން ރިންގެއް އިންނާނެ،" އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ އެ އިރުކޭތައިގެ މިސްރާބު ހުންނާނީ ސައުދީއަރަބިއްޔާގެ އިރުމަތިން ފެށިގެން ގޮސް ދެކުނު އިންޑިއާއިން ލަންކާ އަދި ސުމްޓްރާއާ ހަމައަށް ކަމަށެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ އެ އިރުކޭތަ ހަމަ ލޮލުން ބެލުމަކީ ރައްކާތެރިކަމެއް ނޫން ކަމަށެވެ.

އިރުކޭތަ ހިފުމުން ރާއްޖޭގައި ކޭތަ ނަމާދުކުރެއެވެ. އަދި މީގެ ކުރިން ބައެއް ދިވެހިން އެކި ކަހަލަ ވަސީލަތްތައް ބޭނުންކޮށްގެން އިރުކޭތަ ބަލައެވެ.