ދިވެހިންގެ މެދުގައި މަގްބޫލު ޝާޕް ބްރޭންޑުގެ އާ އުފެއްދުންތަކެއް ރެޑްވޭވުން ތައާރަފްކޮށްފި އެވެ.

ރެޑްވޭވުން އަލަށް ތައާރަފްކުރި އުފެއްދުންތަކުގެ ތެރޭގައި ހިމެނެނީ ޝާޕް ބްރޭންޑުގެ އޭސީ، އައިސްއަލަމާރި އަދި ދޮންނަ މެޝިންތަކެވެ.

އެ އުފެއްދުންތަކުގެ ތެރެއިން ޝާޕް އައިސްއަލަމާރިއާއި އޭސީއަކީ ޖަޕާންގެ މަޝްހޫރު "ޖޭ-ޓެކް" އިންވާޓާ ހިމެނޭ އުފެއްދުންތަކެކެވެ. އާދައިގެ އިންވާޓަރުތަކުން 50 ޕަސެންޓާ ހަމައަށް ހަރަދު ކުޑަ ކޮށްދިން ނަމަވެސް، މި އިންވާޓަރުން 77 ޕަސެންޓާ ހަމައަށް ހަރަދު ކުޑަކޮށްދެ އެވެ.

ހަރަދު ކުޑަކޮށްދިނުމާއެކު މި އިންވާޓަރުން އެންމެ އެކަށޭނަ ފިނިހޫނުމިން ވެސް ހިފަހައްޓައިދެއެވެ.

ޒަމާނީ ޓެކްނޮލިޖީ ހިމެނޭ ޝާޕްގެ އައިސްއަލަމާރި-- ފޮޓޯ/ ރެޑްވޭވް

ޝާޕްގެ އައިސް އަލަމާރީގައި ހިމެނޭ "އޭޖީ+ ނެނޯ ޑިއޮޑޮރައިޒާރ" އިން ބެކްޓީރިޔާ އާއި ވަސް ނައްތާލަދީ، އައިސްއަލަމާރިގައިވާ ކާބޯތަކެތި ތާޒާކަންމަތީ ބަހައްޓައިދެއެވެ.

ރެޑްވޭވުން އަލަށް ތައާރަފްކުރި ޝާޕް އޭސީތަކުގައި ދެ ރޭންޖެއް ހިމެނެ އެވެ. މި އޭސީތަކުގައި ހިމެނޭ އެންމެ މުހިންމު އެއް ސިފައަކީ ޖަޕާނުގެ އިންގިލާބީ "ޕްލަސްމާ ކްލަސްޓަރ އިއޯން ޓެކްނޮލޮޖީ" އެވެ.

މިއީ ވައިގެ ތެރޭގައި ވާ %99 ބެކްޓީރިއާ ނައްތާލަދޭ އަދި "އެއަރބޯން މޯލްޑް" ނުވަތަ އެލާރޖީ މެދުވެރި ކުރުވާ ފަދަ ހިރަފުހުގެ %97 ނައްތާލަދޭ ޓެކްނޮލޮޖީއެކެވެ. ވައިގެ ތެރެއަށް އޭސީއިން ދޫކޮށްލާ އިއޯންގެ ސަބަބުން ވަޔަށް އިތުރު ތާޒާކަމެއް ގެނެސްދެއެވެ.

ރެޑްވޭވުން ތައާރަފްކުރި ޝާޕް ބްރޭންޑުގެ އޭސީ-- ފޮޓޯ/ ރެޑްވޭވް

މި ޓެކްނޮލޮޖީ ހިމެނޭ އައިސްއަލަމާރިތަކެއް ވެސް ވަރަށް އަވަސް މުސްތަގްބަލެއްގައި ތައާރަފްކުރަން ރެޑްވޭވުން ދަނީ ތައްޔާރުވަމުންނެވެ.

މީގެ އިތުރުން ޝާޕް އޭސީގައިވާ ބާރުގަދަ ޖެޓުގެ ސަބަބުން ވަރަށް އަވަހަށް ފިނިކޮށްދޭއިރު، އިންޑަސްޓްރީގެ ވެސް އެންމެ ދަށް ފިނިމިން ކަމަށްވާ 14 ޑިގްރީ ސެލްސިއަށް ފިނިކޮށްދިނުމުން ގާބިލުކަން އެ އޭސީތަކަށް ލިބިފައިވެ އެވެ.

ރެޑްވޭވުން އަލަށް ތައާރަފްކުރި ޝާޕްގެ ތިންވަނަ އުފެއްދުމަކީ ޓޮޕްލޯޑް ދޮންނަ މެޝިނެވެ. މި މެޝިނުން ކޮންމެ ވައްތަރެއްގެ ފެބްރިކެއް ވެސް ދޮވެލެވޭއިރު، އެ މެޝިންގައި ސްމާޓް ފިލްޓަރ، ޓަބް ކްލީންނިންގ އަދި އިންޓެލިޖެންޓް ވޯޓަރ ފޯލް ސިސްޓަމެއްވެސް ވަނީ ހިމަނާފަ އެވެ.

ޝާޕް ޓޮޕްލޯޑް ދޮންނަ މެޝިން. މި މެޝިނުން ކޮންމެ ވައްތަރެއްގެ ފެބްރިކެއް ވެސް ދޮވެލެވޭ-- ފޮޓޯ/ ރެޑްވޭވް

ޖަޕާނުގެ "ސެވަން ޝީލްޑް" ޓެކްނޮލޮޖީ ހިމެނޭ ޝާޕް ބްރޭންޑުގެ މި އުފެއްދުންތަކަކީ ރެޑްވޭވްއަށް ހާއްސަ، އެކްސްކްލޫސިވް ރޭންޖުތަކަކަށް ވާއިރު، ރެޑްވޭވުން ޝާޕް ބްރޭންޑުގެ އުފެއްދުންތައް ވިއްކަނީ ސާވިސް ވޮރަންޓީއާ ވެސް އެކުގައެވެ.

ހަމައެއާއެކު ޝާޕްގެ އާ އުފެއްދުންތަކެއް ތައާރަފް ކުރުމާ ގުޅިގެން އެ އުފެއްދުންތައް އާދަޔާ ޚިލާފު ހެޔޮ އަގެއްގައި ގަންނަން ލިބޭނެ ކަމަށް ރެޑްވޭވުން ބުނެ އެވެ.