ދެކުނު އިންޑިއާގެ ބަތަލާ ކާޖަލް އަގަރްވާލް އޭނާގެ އާއިލާ އާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

އަޖޭ ދޭވްގަންއާ އެކު "ސިންގަމް" ކުޅުނު ބަތަލާ ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުން އަންނަނީ "ރީތި ފަރު ރިސޯޓް"ގަ އެވެ. އޭނާ ވަނީ ރާއްޖޭގައި ނަގާފައިވާ ހިތްގައިމު ފޮޓޯތައް އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ހިއްސާކޮށްފަ އެވެ.

ކާޖަލް ބުނީ ރާއްޖެ އަކީ އޭނާ އާ އެންމެ ގާތް ތަން ކަމަށާއި ޗުއްޓީ އަށް އަންނަން އެންމެ ބޭނުންވާ ގައުމަކީ ރާއްޖެ ކަމަށެވެ.

ކާޖަލް ދެން އެންމެ އަވަހަށް ފެނިގެންދާނެ ބޮލީވުޑް ފިލްމަކީ އަންނަ އަހަރުގެ ޖޫން 19 ގައި ރިލީޒްކުރާ "މުމްބާއީ ސާގާ" އެވެ.