22 Dec 2019, 09:08
ހުކުރު ދުވަހު ރިލީޒްކުރި ބަތަލު ސަލްމާން ހާންގެ ވަރުގަދަ ފިލްމު "ދަބަންގް 3" ލީކުކޮށްލައިފި އެވެ.
މި އަހަރު ރިލީޒްކުރި ހުރިހާ ފިލްމުތަކެއް ލީކުކުރަމުން އަންނަ ތަމިލްރޮކާޒް އިން ވަނީ "ދަބަންގް 3" ވެސް ލީކުކޮށްލައިފަ އެވެ. ފިލްމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު އެ ފިލްމް މިހާތަނަށް ވަނީ 24 ކުރޯޑުގެ އާމްދަނީއެއް ލިބިފަ އެވެ.
ކްރިޓީކް ތަރަން އާދަޝް ކުރި ޓުވީޓްގައި ބުނީ އެ ފިލްމަކީ ސަލްމާންގެ ފިލްމުތަކަށް ލޯބިކުރާ މީހުންނަަށް ކަމުދާނެ ފިލްމެއްކަމަށެވެ. އޭނާ މި ފިލްމަށް ވަނީ ފަސް ތަރިން ތިން ތަރި ބައިގެ ރޭޓިން އެއް ދީފަ އެވެ.
"ދަބަންގް"ގައި ސަލްމާން ފެނިގެންދާ "ޗުލްބުލް ޕާންޑޭ"ގެ ރޯލަކީ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ކެރެކްޓާއެކެވެ. ފިލްމުގައި ސަލްމާން އާއެކު ފެނިގެން ދާނީ ސޮނާކްޝީ ސިންހާ އެވެ.
ޕްރަބޫދޭވާ ޑައިރެކްޓު ކުރާ "ދަބަންގް 3"ގައި ފެނިގެންދާނީ ސަލްމާން "ޗުލްބުލް ޕާންޑޭ" އަށް ވީ ކިހިނެތް ކަމެވެ. ފިލްމުގައި ޗުލްބުލް ޕާންޑޭގެ މާޒީ ފެނިގެން ދާނެ އެވެ. "ދަބަންގް"ގެ ފުރަތަމަ ފިލްމު ރިލީޒް ކޮށްފައި ވަނީ 2010 ވަނަ އަހަރު އެވެ.