21 Dec 2019, 22:56
ޚާއްސަ ޕްރޮމޯޝަނަކާއެކު ޗައިނާގެ އިލެކްޓްރޯނިކްސް ކުންފުނި ޓީސީއެލްގެ ފުރަތަމަ ސްމާޓްފޯނު، ޓީސީއެލް ޕްލެކްސް އެސްޓާސްއިން ރާއްޖޭއަށް ތައާރަފްކޮށްފި އެވެ.
ފަހުގެ ގިނަ ފީޗާސްތައް ހިމެނޭ އެ ފޯނު ރާއްޖޭގެ ބާޒާރަށް ނެރުނީ އެސްޓާސް ޝޯރޫމްގައި އެކަމަށް ބޭއްވި ހަފްލާއެއްގަ އެވެ.
އެސްޓާސްއިން ބުނީ މި ފޯނަކީ އާންމުކޮށް ހުންނަ ސްމާޓްފޯނުތަކާ އަޅާބަލާއިރު ގިނަ ވަގުތު ޗާޖު ހިފަހައްޓާ އަދި ފާސްޓް ޗާޖިންގް ފީޗާ އެކުލެވޭ ފޯނެއް ކަމަށެވެ.
އެސްޓާސްއިން ޓީސީއެލް ޕްލެކްސް ބާޒާރަށް ތައާރަފު ކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެގޮތުން 32 މިނެޓުގެ ތެރޭގައި 0 ޕަސެންޓުން 50 ޕަސެންޓާ ހަމައަށް ޓީސީލް ޕްލެކްސް ޗާޖު ކޮށްލެވޭއިރު، އެ ފޯނު ސްޓޭންޑްބައިގައި 396 ގަޑިއިރު ހިފައްޓާލަ އެވެ.
ސެލްފީ ކެމެރާއާއެކު ޖުމްލަ ހަތަރު ކެމެރާ ހިމެނޭ ޓީސީއެލް ޕްލެކްސްގެ އެއް ކެމެރާ ޚާއްސަކޮށްފައިވަނީ ނައިޓް ފޮޓޯގްރަފީއަށެވެ.
ޓީސީއެލް ޕްލެކްސްގެ ބައެއް މުހިންމު ސިފަތައް
ކެމެރާ
- މެއިން (ވައިޑް): 48 މެގަޕިކްސެލް
- އަލްޓްރާ ވައިޑް: 16 މެގަޕިކްސެލް
- ނައިޓް ފޮޓޯގްރަފީ: 2 މެގަޕިކްސެލް
- ސެލްފީ: 24 މެގަޕިކްސެލް
- މެމޮރީ
- އިންޓާނަލް 128 ޖީބީ
- ރެމް: 6 ޖީބީ
- މައިކްރޯއެސްޑީ، 256 ޖީބީއާ ހަމައަށް
- ޓީވީ ގްރޭޑް ޑިސްޕްލޭ
- އައިޕީއެސް އެލްސީޑީ ކެޕޭސިޓޭޓިވް
- އެންޑްރޮއިޑް ވާޝަން: 9.0 (ޕައި)
- ޑިސްޕްލޭ ސައިޒް: 6.53 އިންޗި (ސްކްރީން ޓު ބޮޑީ ރޭޝިއޯ 84.2 ޕަސެންޓް)
- ބަރުދަން: 192 ގްރާމް
އެސްޓާސްއިން ޓީސީއެލް ޕްލެކްސް ބާޒާރަށް ތައާރަފު ކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެސްޓާސްއިން ވިއްކާ ޓީސީއެލް ޕްލެކްސްގެ ދެ ކުލައަކީ އޯޕަލް ވައިޓް އަދި އޮބްސީޑިއަން ބްލެކް އެވެ.
އެ ފޯނުގެ އަގަކަށް 5،999 ރުފިޔާ ކަނޑައެޅި ނަމަވެސް، މިއަންނަ ބުރާސްފަތި ދުވަހުގެ ކުރިން އެއްފަހަރާ ފައިސާ ދައްކައިގެން ފޯނު ގަންނަ ކަސްޓަމަރުންނަށް 500 ރުފިޔާގެ ޑިސްކައުންޓެއް ވަނީ ހުށަހަޅާފަ އެވެ.

އެސްޓާސްއިން ޓީސީއެލް ޕްލެކްސް ރާއްޖެއަށް ތައާރަފުކުރުން-- ސަން ފޮޓޯ/ ފަޔާޒު މޫސާ
މިއީ ފެންވަރު ރަނގަޅު ޓީވީ އުފެއްދުމަށް މަޝްހޫރު ޓީސީއެލް ކުންފުނީގެ ނަމާއެކު އުފެއްދި ފުރަތަމަ ސްމާޓްފޯނަށް ވިޔަސް، މީގެ ކުރިން ސްމާޓްފޯނުތަކުގެ ޑިސްޕްލޭ ވެސް އެކުންފުނިން ވަނީ އުފެއްދާފަ އެވެ.