21 Dec 2019, 13:15
ހައިކޯޓްގެ އިސް ފަނޑިޔާރު ސުޖާއު އުސްމާންއަށް މަރުގެ އިންޒާރު ދިން މީހާ ފުލުހުން ހައްޔަރުކޮށްފި އެވެ.
ޗުއްޓީ ދަތުރެއްގައި ކ. މާފުށީގައި ހުންނަވަނިކޮށް ފަނޑިޔާރު ސުޖާއު އުސްމާންއަށް އިންޒާރު ދިން މައްސަލައާ ގުޅޭ ގޮތުން ފުލުހުން މިއަދު ބުނީ އިންޒާރު ދިން ކަމަށް ތުހުމަތު ކުރެވޭ 50 އަހަރުގެ ދިވެހި ފިރިހެނެއް މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މީހާ ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ސުޖާއު އުސްމާންއަށް މަރާލާނެ ކަމަށް ބުނެ އިންޒާރު ދިނީ އޭނާ މާފުށީ މެޖިސްޓްރޭޓާ އެއްކޮށް ކެފޭއެއްގައި ކޮފީއެއް ބޯން އިންދާ އެތަނަަށް އައި މީހެއްކަން ވަނީ އެނގިފަ އެވެ.
އެ މައްސަލަ ފަނޑިޔާރު ޝުޖާއު އުސްމާން ފުލުހުންނަށް ވެސް ހުށަހެޅުއްވި އެވެ. އަދި ހައި ކޯޓްގެ ފަރާތުން ވެސް އެކަން ފުލުހުންގެ ސަމާލުކަމަށް ގެނަ އެވެ.