21 Dec 2019, 10:35
ސްޓާ ޕްލަސްއިން ދެއްކި ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި ހިންދީ ޑްރާމާ ސިލްސިލާ "ޔޭ ހޭ މޮހޮއްބަތައިން" ހަ އަހަރު ދެއްކުމަށްފަހު ނިންމާލައިފިއެވެ.
އެ ޑްރާމާގެ ފުރަތަމަ އެޕިސޯޑެއް ދެއްކީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހުގައެވެ. އެ ޑްރާމާގެ ފަހު އެޕިސޯޑު ދެއްކީ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުގައެވެ.
ޑްރާމާގެ ލީޑު ކަރަން ޕަޓޭލް (ރަމަން ބައްލާ) ބުނީ ޑްރާމާ ވަރަށް މިސް ވާނެ ކަމަށާއި ހުރިހާ ކާސްޓުން މަތިން ވެސް ވަރަށް ހަނދާންވާނެ ކަމަށެވެ.
އެ ޑްރާމާ ދެއްކުން ނިންމާލިއިރު މިހާރު ވަނީ އެ ޑްރާމާގެ ސްޕިން އޮފް އެއް ސްޓާ ޕްލަސްއިން ދައްކަން ފަށާފައެވެ. ޔޭ ހޭ ޗާހަތައިންގެ ނަމުން ނަންދީފައިވާ އެ ޑްރާމާގެ ދެ އެޕިސޯޑް މިހާރު ވަނީ ދައްކާފައެވެ.