އދ. މާމިގިލީ ގެއަކުން ބައިލައްކައެއްހާ ރުފިޔާ ވަގަށް ނަގައިފި އެވެ.

ފުލުހުން ބުނީ މާމިގިލީ ގެއަކުން ވައްކަން ކޮށްފައިވާކަމުގެ މައްސަލައެއް ފުލުހުންނަށް ލިބުނީ ރޭ 11:00 ހާއިރު ކަމަށެވެ.

"މި ވައްކަމުގައި އެގެއިން ގާތްގަނޑަކަށް 50،000 ރުފިޔާ ވަގަށް ނަގާފައިވޭ. މި ވައްކަމާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވޭ،" ފުލުހުން ބުނެފައިވެ އެވެ.

މި މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިއަހަރުގެ މިހާތަނަށް އައިއިރު ވައްކަމާ ގުޅޭ 4،355 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން 250 މައްސަލައަކީ ޑިސެމްބަރު މަހުގެ ތެރޭގައި ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކެވެ.