މާލޭ ޖަލުގައި އޮތް އުމުރުން ދުވަސްވީ ގައިދީއެއް މިއަދުގެ ވަގުތެއްގައި މަރުވެއްޖެ އެވެ.

މިއަދު މަރުވީ ޒައިތޫނިގެ/ ޅ. ނައިފަރު އަބްދުލް ހަމީދު މޫސާ، 60އ. އެވެ.

އަބްދުލް ހަމީދު މޫސާ-- ފޮޓޯ/އޮފެންޑާސް.އެމްވީ

މަރުވިއިރު އޭނާ ހުރީ ބަދުއަހުލާގީ މައްސަލައެއް ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއްގަ އެވެ.

އެ މައްސަލާގައި އަބްދުލް ހަމީދުގެ މައްޗަށް ޖަލަށް ހުކުމް އިއްވީ 2012 ވަނަ އަހަރުގަ އެވެ.

އިސްލާމީ މަރުކަޒުގައި މިއަދުގެ ހުކުރު ނަމާދަށްފަހު އަބްދުލް ހަމީދުގެ މައްޗަށް ކަށު ނަމާދު ކުރުމަށްފަހު މިހާރު އޭނާ ވަނީ ވަޅުލާފަ އެވެ.