20 Dec 2019, 11:33
އާމްދަނީ ނަގާ ޓެކްސް (އިންކަމް ޓެކްސް)ގެ ގަވާއިދުގެ ދެލިކޮޕީއަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީން އާންމުންނަށް ހުޅުވާލައިފި އެވެ.
މީރާއިން ބުނީ އެ ގަވާއިދަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު 24 ޑިސެމްބަރު 2019 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
ހިޔާލު ފޮނުވަން ޖެހޭނީ[email protected]މެއިލް އެކައުންޓަށެވެ.
އާމްދަނީން ޓެކްސް ނެގުމުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ 67 މެމްބަރުންގެ ވޯޓާއެކު މި މަހުގެ 4 ވަނަ ދުވަހު ފާސްކުރިއިރު، ރައީސުލްޖުމްހޫރިއްޔާ އެ ބިލް ތަސްދީގު ކުރެއްވީ ޑިސެމްބަރު 17 ވަނަ ދުވަހުގަ އެވެ.
އިންކަމްޓް ޓެކްސް ނެގުމުގެ ގަވާއިދުގައި ބުނާ ގޮތުން އަހަރެއްގެ ތެރޭގައި މަހެއް މައްޗަށް އެވަރެޖްކޮށް ލިބޭ އާމްދަނީ 60،000 ރުފިޔާއަށް ވުރެ މަތިން ލިބޭ ކޮންމެ މީހެއް އެ ޓެކްސް ދެއްކުން ލާޒިމުވާނެ އެވެ.
60،000 ރުފިޔާ އިން ދަށުގެ އާމްދަނީ - 0 ޕަސެންޓް
- 60،000 އާއި 100،000 ރުފިޔާއާ ދެމެދުގެ އާމްދަނީ: 5.5 ޕަސެންޓް
- 100،00 އާއި 150،000 ރުފިޔާއާ ދެމެދުގެ އާމްދަނީ: 8 ޕަސެންޓް
- 150،000 އާއި 200،000 ރުފިޔާއާ ދެމެދު އާމްދަނީ އިން 12 ޕަސެންޓް
- 200،000 ރުފިޔާއިން މަތީގެ އާމްދަނީ އިން 15 ޕަސެންޓް
ވަކިވަކި ފަރުދުންގެ އިތުރުން ޑީމްޑް ޕާޓްނަޝިޕްތަކުން ހިންގާ ވިޔަފާރި ހަރަކާތްތަކުން ލިބޭ އާމްދަނީ ވެސް އެ އަދަދަށްވުރެ މަތިވާ ނަމަ، އިންކަމް ޓެކްސް ދައްކަން ޖެހޭނެ އެވެ.