19 Dec 2019, 10:29
ދެހާސް ނަވާރަ ވަނަ އަހަރު ނިމިގެންދާއިރު މި އަހަރު އެންމެ ގިނަ މީހުން ސްޓްރީމް ކުރި ސީރީޒް އަކަށް ނެޓްފްލިކްސްގެ އޮރިޖިން ސީރީޒް ލޫސިފާ ވެއްޖެ އެވެ.
ލޫސިފާގެ ހަތަރު ވަނަ ސީޒަން މިދިޔަ މެއި މަހު ނެރުނު އިރު އެ ސީޒަން ވަނީ ވަރަށް ބޮޑަށް ވައިގައި ހިފާފަ އެވެ. ގިނަ ރިކޯޑްތަކެއް ވެސް ހަދަމުންނެވެ.
ލޫސިފާ ލިސްޓްގެ އެއްވަނަ އަށް ދިޔައިރު ދެވަނަ އަށް އެންމެ ގިނަ މީހުން ސްޓްރީމް ކުރީ ސްޓްރޭންޖާ ތިންގްސްއެވެ. ލިސްޓުގެ ތިން ވަނަ އަށް 13 ރީޒަންސް ވައި ހިމެނުނުއިރު ލިސްޓުގެ ހަތަރު ވަނައިގައި ހިމެނުނީ މަނީ ހެއިސްޓް އެވެ.
ދިވެހިންގެ މެދުގައި ވެސް ބޮޑު މަގްބޫލުކަމެއް ލިބިފައިވާ ލޫސިފާގެ ހަތަރު ވަނަ ސީޒަން ކާމިޔާބު ކަމާއެކީ ނިންމާލާފައިވާ އިރު ނެޓްފްލިކްސް އިން ވަނީ ލޫސިފާގެ ފަސް ވަނަ ސީޒަނެއް އަންނާނެކަން ކަށަވަރުކޮށްދީފަ އެވެ.
ނަމަވެސް އެ ސީޒަން ދައްކާނެ ތާރީހެއް ހާމަކޮށްފައެއްނުވެ އެވެ.