19 Dec 2019, 10:31
ސުޕަސްޓާރު ރަޖްނީކާންތުގެ އާ ފިލްމު "ދަރުބާރު"ގެ ޓްރެއިލާ ދައްކާލައިފި އެވެ.
އޭއާރް މުރުގަދޯސް ޑައިރެކްޓްކޮށް އުފައްދާ އެ ފިލްމު ސްކްރީން ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހުގަ އެވެ.
ފިލްމުގެ އަންހެން ލީޑުން ނަޔަންތަރާ ފެނިގެންދާއިރު މި ފިލްމުން ބަތަލު ސުނިލް ޝެޓީ ވެސް ފެނިގެންދާނެ އެވެ. މި ފިލްމު ހިންދީ ބަހުން ރިލީޒްކުރުމުގެ އިތުރުން ތަމަޅަ ބަހުން ވެސް ރިލީޒްކުރާނެ އެވެ. އަދި ހަމައެއާއެކީ ތެލެގޫ ކަންނާޑާ އަދި މަލަޔާޅަމް ބަހުން ވެސް ނެރުމަށް ވަނީ ނިންމައިފަ އެވެ.