މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މާލެ އަތޮޅު ހިމެނޭ ގޮތަށް ހަ އަތޮޅަކަށް ޔެލޯ އެލާޓް ނެރެފި އެވެ.

ބޯކޮށް ވާރޭވެވެހި، ގުގުރުމާއެކި ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް، ހަ އަތޮޅަކަށް ޔެލޯ އެލާޓް ނެރުނީ، މިއަދު ހަވީރު 4:30 އިން 7:30 އަށެވެ.

ޔެލޯ އެލާޓް ނެރުނު އަތޮޅުތައް:

  • ބ. އަތޮޅު

  • ކ. އަތޮޅު
  • އއ. އަތޮޅު
  • އދ. އަތޮޅު
  • ވ. އަތޮޅު

ކުރިއަށް ލަފާކުރާ މޫސުން

  • މެދުތެރެއާއި އުތުރުގެ ބޮޑުބަޔަކަށް އަދި ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރުމާއިއެކު ގުގުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވޭ.
  • އިރުއުތުރާއި އިރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ، އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެން ވޭ.
  • ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ އަދި އުތުރާއި މެދުތެރޭގެ ކަނޑުތައް ގަދަ ވާނެ.

މޫސުން ގޯސް ވެދާނެތީވެ އަދި ހާއްސަކޮށް، އުތުރާއި މެދުތެރޭގައި ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްމާސްކޮށްފައެވެ.