18 Dec 2019, 16:44
ދެ ރަށެއްގެ ބިންހިއްކުމުގެ މަޝްރޫއު ހިންގަން އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) އަދި ޑީޓެއިން ޑިޒައިން ހަދަން ބަޔަކާ ހަވާލުކޮޮށްފި އެވެ.
ރ. އަލިފުށި އަދި އެ އަތޮޅު ދުވާފަރުގެ ބިންހިއްކަން އީއައިއޭ އަދި ޑިޒައިން ހަދަން ހަވާލުކުރީ ލޭންޑް އެންޑް މެރިން އެންވަޔަރަމަންޓަލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް އިން އެސޯސިއޭޝަން ވިތު ރިޔަން ޕްރައިވެޓް ލިމިޓެޑާއެވެ.
އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރުމާ ގުޅޭ އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިވެސްކޮށްފަ އެވެ. ޕްލޭނިން މިނިސްޓްރީގައި މިއަދު މެންދުރު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ޝަނާ ފާރޫގެވެ. އަދި މަސައްކަތް ހަވާލުކުރި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ހުސެއިން ސިމާދެވެ.
އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 272،208 ރުފިޔާ އަށެވެ.
އެ މަސައްކަތް ހަވާލުކުރީ 51 ދުވަހުން ނިންމާ ގޮތަށެވެ.