ޝަރުވެރި ކަމުގެ ގައުމީ އިނާމް ދެ ފަރާތަކަށް އަދި ހިތްވަރު ދިނުމުގެ އިނާމު 13 ފަރާތަކަށާއި ކުންފުންޏަކަށް ދީފި އެވެ.

ސަރުކާރުން ދޭ ޝަރުވެރި ގައުމުީ އިނާމު މިއަހަރު ލިބިވަޑައިގެންނެވި ފުރަތަމަ ބޭފުޅަކީ ކުރިން ގައުމީ އިނާމާއި މިނިވަން ފަންސަވީހުގެ އިނާމް ހާސިލު ކުރައްވެވި މ. މާޔާ މުހައްމަދު ޔޫސޫފު (މާޔާ) އެވެ. މާޔާ އަށް ޝަރަފު ދެއްވެވީ ތައުލީމު އުނގައްނަވައި ދެއްވުމުގެ ރޮނގުންނެވެ. އޭނާ ވަނީ އެ ދާއިރާއަށް 40 އަހަރު ހިދުމަތް ކުރައްވާފަ އެވެ. ދެން ޝަރަފު ދެއްވެވީ މ. މާފުނަ މުހައްމަދު އިސްމާއީލް ފުޅު (ފުޅު) އެވެ. ފުޅަށް ޝަފުވެރިކަމުގެ އިނާމު ދެއްވީ ސިއްހީ ދާއިރާއަށް މީހުން ހޭލުންތެރި ކުރުވުމުގެ ރޮނގުންނެވެ. އެ ދާއިރާއިން މީގެ ކުރިން ފުޅު ވަނީ ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދެއްވާފަ އެވެ.

ގައުމީ އިނާމާއި ޝަރަފުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް އިނާމް ދެއްވެވީ ދަރުބާރު ގޭގައި މިރޭ ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ދެއްވީ، ޝަރަފުގެ އައްޑަނައާއި ޝަރަފުގެ ބެޖަކާއި، ހަނދާނީ ފިލައެކެވެ. ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ދެއްވީ، ހަނދާނީ ފިލައަކާއި ހަނދާނީ ލިޔުމެކެވެ.

http://sun.mv/albums/l_2450.jpg

މިއަހަރު ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަކީ ދިވެހި ބަހާ އަދަބިއްޔާތުގެ ދާއިރާއިން ވާހަކަ ދެއްކުމުގެ ރޮނގުން ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ހ. ފޮއްދޫގެ އާއި ތައުލީމީ ދާއިރާއިން. ސ. މީދޫ ހަސަން ކާރިގޭ ޑރ. އަހުމަދު އަންވަރާއި ސިއްހީ ދާއިރާއިން ދިވެހި ބޭސްވެރިކަމުގެ ރޮނގުން ނ. ހެނބަނދޫ ތުނޑި، އަލީ ރަޝީދާއި ގާނޫނީ ދާއިރާއިން ސ. މީދޫ ހަސަންކާރިގޭ ހުސްނުއް ސޫއޫދާއި އާ އުފެއްދުންތެރިކަމުގެ ދާއިރާއިން ސ. ހިތަދޫ ވެސްޓް ބްރީޒް، ޕްރޮފެސަރު ހަސަން އުގައިލާއި ކިއްސަރުވަޑާމުގެ ދާއިރާއިން ރ،. އިނގުރާއިދޫ އުންމީދު، އަބދުލް ހާރިސް ހާރޫނާއި އެ ދާއިރާއި ރ. އިންނަމާދޫ ނާރެސް، މުހައްމަދު އަލިފުޅާއި ލިޔެލާޖެހުމުގެ ދާއިރާއިން ބ. ތުޅާދޫ ސޯސަން ވިލާ އަބްދުއްރަހުމާން މޫސާ އާއި ކުޅިވަރު ކުޅުމާއި ކުޅިވަރު ތަރައްގީ ކުރުމުގެ ރޮނގުން ހ. ޝޑީކޯނާ އަބްދުލް ހަމީދު އަބްދުލް ޣަފޫރު (އައްޑޯ) އާއި އެ ދާއިރާއިން މ. ރުބިކަން އަބްދުﷲ އާމިރެވެ.

ދެން ގައުމީ އިނާމް ލިބިވަޑައިގެންނެވީ ލަވަ ކިޔުމުގެ ރޮނގުން މއ. ވައްތިޔަރަގޭ ރާފިޔަތު ރަމީޒާ އާއި ފިލްމާއި ތަމްސީލު ކުޅުމުގެ ރޮނގުން ގދ. ވާދޫ އަލަމާގޭ ނިއުމާ މުހައްމަދާއި އެޕްލައިްޑް އާޓްސްގެ ދާއިރާއިން ފެޝަަން ޑިޒައިން ކުރުމުގެ ރޮނގުން ގދ. ތިނަދޫ ހިންދޫންސް ޖާދުއްﷲ އިސްމާއީލަށެވެ. މީގެ އިތުރުން އިމާރާތް ކުރުމުގެ ރޮނގުން ޕްރޮޕް ޕްރައިވެޓް ލިމެޓަށް ވެސް ހިތްވަރު ދިނުމުގެ ގައުމީ އިނާމް ދިނެވެ.

އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ފަރާތުން މިއަހަރު ވާހަކަ ދެއްކެވީ ލަވަކިޔުންތެރިޔާ ރާފިޔަރު ރަމީޒާ އެވެ. އޭނާ ޝުކުރު އަދާ ކުރީ ލަވަޔަކުންނެވެ.

މިއަހަރު އިނާމަށް 22 ދާއިރާއަކުން 102 ފަރާތެއް ކުރިމަތިލި އެވެ. ގައުމީ އިނާމު ދޭން ފެށީ 1979 ވަނަ އަހަރު އެވެ.