ޑައިރެކްޓަރު ސުޖިތު ސިރްކާގެ ކުރިއަށް އޮތް ފިލްމު "ގުލާބީ ސިތާބޯ" ރިލީޒްކުރާ ދުވަސް އަނެއްކާ ވެސް ފަސްކޮށްފި އެވެ.

ކުރިން މި ފިލްމި ރިލީޒްކުރަން ނިންމީ އަންނަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ. ނަމަވެސް ފިލްމު ފަސްކޮށް މިހާރު ވަނީ ފިލްމު އަޅުވާނެ އާ ތާރީހެއް އިއުލާންކޮށްފަ އެވެ. އެއީ އަންނަ އޭޕްރިލް މަހުގެ 17 ވަނަ ދުވަހެވެ.

އެ ފިލްމަކީ ޝޫޖިތު ސިރްކާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އެއީ ވަރުން ދަވަންގެ އޮކްޓޯބަރު އަށް ފަހު އޭނާ ގެނެސްދޭ ފުރަތަމަ ފިލްމެވެ.

ސްކްރީން ރައިޓަރު ޖޫހީ ޗަތުރަވެދީ ސްކްރީން ޕްލޭ ލިޔެ ތައްޔާރުކުރާ އެ ފިލްމުގެ މުހިއްމު ތަރިންނަކީ ލެޖެންޑް އަމީތާބް ބައްޗަން އަދި އާޔޫޝް ކުރާނާ އެވެ. އެ ފިލްމަކީ ފެމިލީ ކޮމެޑީއެވެ.
މި ފިލްމުވެގެންދާނީ އަމީތާބް އާއި އާޔޫޝް ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމަށެވެ.