17 Dec 2019, 11:46
ގެއަކަށް ވަދެ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގަން އުލުނު ދެމީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ ދަންވަރު ލ.ގަން ތުނޑީގެ ގެޔަކަށް ދެމީހަކު ވަދެ އެ ގޭގައި އުޅޭ އަންހެނުންނަށް ބިރުދައްކާ ގަދަކަމުން ބަދުއަހުލާގީ އަަމަލު ހިންގަން އުޅުނު މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލަޔާ ގުޅިގެން 28 އަހަރާއި 29 އަހަރުގެ ދިވެހި ދެ ފިރިހެނުން އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަަމަށް ފުލުހުން ބުންޏެވެ. އަދި އެ ދެމީހުންވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ އެގޭތެރެއިން ކަަމަށްވެސް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގްކުރަމުންނެވެ.