17 Dec 2019, 09:20
ތެލޫގޫ ހިޓް ފިލްމު، އަރުޖުން ރެއްޑީގައި ވިދާލި ވިޖޭ ދެވާ ކޮންޑާއާ އެކު މަސައްކަތް ކުރުމަށް ކުރިއަރަމުން އަންނަ ބަތަލާ ޖާންވީ ކަޕޫރަށް ލިބިއްޖެ އެވެ.
ކަރަން ޖޯހަރުގެ ދަޅަކް އިން ބޮލީވުޑަށް ނުކުތް ޖާންވީ ކުޅޭ ފިލްމަކީ ޕްރޮޑިއުސަރު ޕޫރީ ޖަގަންނާދުގެ ކުރިއަށް އޮތް ފިލްމެވެ. މި ފިލްމުގެ ނަން އަދި ހާމަކޮށްފައިނުވާ އިރު ފިލްމާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.
ބޯނީ ކަޕޫރު އާ ލެޖެންޑަރީ ތަރި ސްރީދޭވީގެ ދަރިފުޅު ޖާންވީ ބޭރުގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބުނީ ވިޖޭ އާ އެކު މަސައްކަތް ކުރަން ފުރުސަތު ލިބުމަކީ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށެވެ.
ބޮލީވުޑްގައި މަސައްކަތް ކުރުމުގެ އިިތުރުން ދެކުނު އިންޑިއާގެ ފިލްމުތަކުގައި ވެސް މަސައްކަތް ކުރުމަށް ޖާންވީ ވަނީ އަމާޒު ކަނޑައަޅައިފަ އެވެ.