މަސްތުގެ ހާލުގައި ހުރެ ސަފާރީއެއްގައި ތިބި މީހުންނަށް ބިރުދެއްކުމުން އެ ސަފާރީގެ ވެރި މީހާ ފުލުހުން ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މިއަދު ހަވީރު އދ ދިއްދޫ ކައިރީ އަޅާފައިއޮތް ސަފާރީއެއްގައި ތިބި ބަޔަކަށް އެ ސަފާރީގެ ވެރިޔާ މަސްތުގެ ހާލުގައި ހުރެ ބިރު ދައްކަމުން ދިޔަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ މައުލޫމާތު ލިބުމުން ފުލުހުން ސަފާރީއަށް ގޮސް ސަފާރީގެ ވެރިމީހާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 47 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.