16 Dec 2019, 15:50
ގދ. ގައްދޫގައި އުމުރުން ދުވަސްވީ ދެމަފިރިންގެ ގެއިން ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި އެވެ.
ފުލުހުން ބުނީ މިއަދު ފަތިހު 5:30 އެހާކަންހާއިރު އެގެއިން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިގެން ފުލުހުންނަށް ރިޕޯޓެއް ހުށަހަޅާފައިވާ ކަމަށެވެ.
އެގެއިން ވައްކަން ކޮށްފައި ވަނީ ދޮރު ހަލާކުކޮށްލައިގެން ވަދެ ކަމަށް ފުލުހުން ބުނެ އެވެ.
އެގެއިން ވަގަށް ނަގާފައި ވަނީ 95،000 ރުފިޔާ އާއި 1000 އެމެރިކާ ޑޮލަރެވެ.
މައްސަލައިގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާއިރު ފުލުހުން ބުނީ މި މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.