16 Dec 2019, 15:41
އަހަރު ނިމުމާ ދިމާކޮށް "ހޭވައްލާ 2020"ގެ ނަމުގައި ބޮޑެތި ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނަކާ އެކު ޖައުސާއިން ހުޅުމާލޭގައި ފިހާރައެއް ހުޅުވައިފި އެވެ.
ޖާހް ސިޓީ ސެންޓަރުގެ ނަމުގައި ހުޅުވި އެ ފިހާރަ ހުންނަނީ ހުޅުމާލެ ދުވާ ޓްރެކް ކުރިމަތިން، ހިތިގަސް މަގުގަ އެވެ.
ޖާހު ސިޓީ ސެންޓަރުގެ ނަމުގައި މާލޭ ސޯސަން މަގުގައި ވެސް ފިހާރައެއް ހުންނަ އިރު، ޖައުސާ އިން ބުނީ މާލޭގެ ފިހާރައިން ވިއްކާ ހުރިހާ މުދަލެއް ހުޅުމާލޭގައި ހުޅުވި ފިހާރަ އިން ވެސް ލިބޭނެ ކަމަށް ޖައުސާ އިން ބުންޏެވެ.
ޖައުސާ އިން ވިއްކާ މަޝްހޫރު ބްރޭންޑްތަކުގެ ތެރޭގައި ލަންކާ ޓައިލްސް، ސެޔާލެކް، ސެރޭޝިއާ، ކޮކޯ އަދި އެމެރިކަން ސްޓޭންޑަޑް ހިމެނެ އެވެ.
އަހަރު ނިމުމާ ދިމާކޮށް ޖައުސާގެ ފިހާރަތަކުގައި މިހާރު ކުރިއަށްގެންދާ ޕްރޮމޯޝަންގައި އެތަނުން ވިއްކާ މުދަލުން 75 ޕަސެންޓާ ހަމައަށް ވަނީ ޑިސްކައުންޓް ހުށަހަޅައިފަ އެވެ.
ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަނުގެ ތެރެއިން ވިޔަފާރިކޮށްގެން ތަފާތު އެކި އިނާމު ހޯދުމުގެ ފުރުސަތު ވެސް ޖައުސާ އިން ވަނީ ހުޅުވާލައިފަ އެވެ. އޭގެ ތެރޭގައި ގޭތެރެ ޒީނަތްތެރި ކުރުމަށް ބޭނުންކުރާ ކުދި ގަސްތަކާއި ބޮކި އަދި ރަގްސްގެ އިތުރުން ވޯލް ޕޭޕާ ހިމެނެ އެވެ.