16 Dec 2019, 12:17
ދޯންންޏަކުން އެންދަމަން އުޅުމުގެ ތެރޭގައި މަސްވެރިޔަކު ގެނބިގެން މަރުވެއްޖެ އެވެ.
މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 10:08 ހާއިރު އެވެ.
ފުލުހުން ބުނީ، މަރުވެފައި ވަނީ އުމުރުން 45 އަހަރުގެ ދިވެހި ފިރިހެއްނެ ކަމަށާއި އޭނާ ގެނބުނީ، އެ ދޯނީގައި ބޭނުންކުރާ ބޮއި އެއް އޮޔާ ދާން ފެށުމުން އެ ބަލާ ފަތާފައި ގޮސް އެނބުރި އަންނަނިކޮށް ކަމަށެވެ.
"އެނބުރު އަންނަނިކޮށް، އެ މީހާގެ ހަރަކާތް ހުއްޓިގެން ދޯނީގައި ތިބި މީހުން ގޮސް އޭނާ ދޯންޏަށް ނެގި އިރު، އަނގައިން ފޮނު އަރާފައިވާ ކަމަށް،" މައުލޫމަތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭނާ އަށް ފަރުވާ ދިނުމަށް ގއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުންޏެވެ.
މި ހާދިސާގައި އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.