16 Dec 2019, 12:28
އެމެރިކާގެ މަގްބޫލު ލަވަކިޔުންތެރިޔާ ކަމީލާ ކެބޭލޯ 22, ހިމަނައިގެން ސިންދްރެއްލާ ފިލްމު އަލުން ސްކްރީނަށް ގެންނަން ނިންމައިފި އެވެ.
ސޮނީ ޕިކްޗާޒް އިން ހަދާ މި ފިލްމުވެގެން ދާނީ ކަމީލާ ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމަށެވެ. އެ ފިލްމުގައި ކަމީލާ ސިންދްރެއްލާގެ ރޯލު ކުޅޭ އިރު ޕްރިންސްގެ ރޯލުކުޅޭނީ އެކްޓަރު ނިކޮލަސް ގެލިޓްޒިން އެވެ.
އެ ފިލްމަށް މިހާރު ތަރިން ހަމަޖައްސާފައިވާ އިރު ގިނަ ތަރިންނަކީ އޭ ލިސްޓް ފެންވަރުގެ ތަރިންނެވެ. އެ ފިލްމުގައި ހަރަކާތްތެރިވާނެ އިތުރު ތަރިންނަކީ ޕިއާޒް ބްރޮޒްނަން އާއި ބިލީ ޕޯޓާ އާއި އިޑީނީ މެންޒޭލް އެވެ.
ކޭ ކެނޯން ޑައިރެކްޓްކުރާ މިއުޒިކަލް ކޮމެޑީ އެ ފިލްމު ސިނަމާތަކަށް އަންނާނީ 2021 ވަނަ އަހަރުގަ އެވެ. އެއީ އެ އަހަރުގެ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު އެވެ.
އެންމެ ފަހުން "ސިންޑްރެއްލާ" ސްކްރީނަށް ގެނައީ 2015 ވަނަ އަހަރު އެވެ.