ދެވަނަ ދަރިއެއް ހޯދަން އަދި ތައްޔާރެއް ނޫންކަމަށް ކާމިޔާބު ބަތަލާ ކަރީނާ ކަޕޫރު ބުނެފިއެވެ.

ކަރީނާގެ ކުރިއަތް އޮތް ފިލްމު ގުޑް ނިއުސް ގެ ޕްރޮމޯޝަނަލް މަސައްކަތްތައް މިހާރު ވަރަށް ބާރަށް ކުރިއަށްދާައިރު އެ ފިލްމުގައި ކަރީނާގެ ދަރިފުޅު ތައިމޫރުވެސް ފެނިގެންދާނެއެވެ.

ކަރީނާ ބުނީ މި ވަގުތު ދަރިއެއް ހޯދަން ޕްލޭންކޮށްފައިނުވާކަމަށެވެ. މިދުވަސްކޮޅު ބޮޑަށް އިސްކަންދެނީ ފިލްމީ މަސައްކަތްތަކަކަށް ކަމަށްވެސް އޭނާ ބުންޏެވެ.

ކަރީނާ އަށާއި ބަތަލު ސައިފް އަލީ ހާން އަށް ތައިމޫރު ލިބުނީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

ކަރީނާ އާއި ސައިފް ކައިވެނިކުރީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހުއެވެ.