27 Nov 2011, 14:50
އައިޖީއެމްއެޗްގެ ޑިރެކްޓާ އޮފް މެޑިކަލްސް ޑރ.ރޮބަޓް އެންތަނީ އިސްތިއުފާ ދެއްވައިފި އެވެ.
އެ ހޮސްޕިޓަލުގެ ސީއީއޯ ކެތަރިން ޖޭން ވޯޓާސް (ކެތީ) މިއަދު ވިދާޅުވީ ޑރ. ރޮބް އިސްތިއުފާދެއްވީ އޭނާގެ އަމިއްލަ މައްސަލައެއްގައި ކަމަށެވެ. އަދި ޑރ. ރޮބްގެ ކޮންޓްރެކްޓް ޑިސެންބަރު މަހު ހަމަވާނެ ކަމަށާއި ރޮބް ފުރުމަށް ހަމަޖެހިފައި ވަނީ ޑިސެންބަރު މެދުތެރޭ ގައި ކަމަށް ވެސް ކެތީ ވިދާޅުވި އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޑރ.ރޮބްގެ އިސްތިއުފާ އާ ގުޅިގެން ވަރަށް އަވަހަށް މީޑިއާ ސްޓޭޓްމަންޓެއް ނެރޭނެ ކަމަށެވެ.