15 Dec 2019, 13:45
ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗު އައިސީޔޫގެ ވެއިޓިން އޭރިއާގެ ސީލިން މަރާމާތު ކުރަން ފަށާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
ފެންލީކު ވުމުގެ ސަބަބުން އިއްޔެ ސީލިންގްގެ ބައެއް ވެއްޓިފައިވާ އިރު އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ އެ ހާދިސާ ހިނގުމާ އެކު ސީލިން އިން ވެއްޓުނުތަން މަރާމާތު ކުރަން ފަށާފައިވާ ކަމަށެވެ.
މަރާމާތުގެ މަސައްކަތް ކުރަނީ އައިޖީއެމްއެޗްގެ ޑިޕާޓްމެންޓަކުން ކަމަށް މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
އިތުރަށް އެކަހަލަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް އެއްވެސް ފިޔަވަޅެއް އާޅާތޯ އާއި އިތުރަށް މަރާމާތު ކުރަން ހުރި ތަންތަނާ ގުޅޭ ގޮތުން ސުވާލު ކުރުމުން އޮފިޝަލު ވިދާޅުވީ މަސައްކަތް ކުރާ ޑިޕާޓްމެންޓުން އެކަން ސާފުކުރާނެ ކަމަށެވެ.
އައިޖީއެމްއެޗަކީ އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި އަޅާފައިވާ ހޮސްޕިޓަލެކެވެ. ހޮސްޕިޓަލުގެ މަރާމާތަށް އެ ގައުމުން އެހީދެ އެވެ.